ރައީސުލްޖުމްހޫރިއްޔާ ކޮޕް 31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ފުރާވަޑައިގެންފި
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ ފްރޭމްވޯކް ކޮންވެންޝަން (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ އަންތާލިޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
މި މަހުގެ 10 އިން 14 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައި، މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ރާއްޖެއިން ބޭނުންވާ މުހިންމު ކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެންނަވާނެއެވެ. މީގެ އިތުރުން، މި ދަތުރުފުޅުގެ ހަވާސާގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ލީޑަރުންނާއެކު ދެފަރާތުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
"ކޮޕް 31" އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، 1992 ވަނަ އަހަރު އެކުލަވައިލި ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ ބައްދަލުވުމެކެވެ. މި މަހާސިންތާގައި ދުނިޔޭގެ ލީޑަރުންގެ އިތުރުން، ސައިންސްވެރިންނާއި، ޒުވާނުން އަދި މަދަނީ ޖަމްޢިއްޔާތަކުން ބައިވެރިވެ، މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަޝްވަރާ ކުރާނެއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
Ads by MACL
