ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލ. މާވަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ބާރަށް ކުރިއަށް!

ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް --- ފޮޓޯ: އެމްޓީސީސީ
ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް --- ފޮޓޯ: އެމްޓީސީސީ

ލ. މާވަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަލުވިކަމާއެކު ކުރިއަށް ގެންދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު އާންމުކުރި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ ބިން ހިއްކުމުގެ މުހިންމު މަސައްކަތްތަކެވެ.

މި މަޝްރޫއަކީ މާވަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ މަޝްރޫއުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ވީހާވެސް އަވަހަކަށް ނިންމާލުމަށް އެ ކުންފުނީގެ ޓީމުން ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.