އަގުހުރި އިނާމުތަކާއެކު ބީއެމްއެލްގެ ‘ކާނިވާ 44’ މާދަމާ ހުޅުމާލޭގައި ފަށަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 44 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އަގުހުރި އިނާމުތަކަކާއެކު ބާއްވާ ޚާއްޞަ ކާނިވާ “ކާނިވާ 44” މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މާދަމާ، 11 ނޮވެންބަރުން ފެށިގެން މި ހިނގާ ނޮވެންބަރު 14 ގެ ނިޔަލަށް ކުރިއަށްދާ މި ކާނިވާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތަކީ އާއިލާތަކަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ރާވައިގެން ބާއްވާ ކާނިވަލެކެވެ.
މި ކާނިވަލުގައި ތަފާތު އެކި ބާވަތްތަކުގެ މުދަލާއި ކާބޯތަކެތި ވިއްކުމަށް ޚާއްޞަ ގިނަ އަދަދެއްގެ ސްޓޯލްތައް ބަހައްޓާފައިވާނެއެވެ. އޭގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ މީހުންނާ ވެސް ގުޅޭ މުނިފޫހިފިލުވުމުގެ ކުޅިވަރުތަކާއި، އާއިލީ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ އެކި ކަންކަން މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ.
Ads by BMLމި ފަހަރުގެ ކާނިވަލުގައި އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ކުރިއަށްދާނީ ބީއެމްއެލް ސްވައިޕް ވޮލެޓް ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލާ ޚާއްޞަ ޕްރޮމޯޝަނެކެވެ. އެގޮތުން ކާނިވާގެ ސްޓޯލްތަކުން ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކޮންމެ މުއާމަލާތަކާއެކު އަގުހުރި އިނާމުތަކެއް ލިބޭ ގުރުއަތުލުމުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް 5 މެކްބުކް ނިއޯ އަދި 2 ބެޓެރި ސައިކަލު ހުށަހެޅިފައިވާއިރު، ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ނޮވެންބަރު 14 ގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.
Ads by MACL
