މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރަން 'ޓްރެކްޓް' ޕްރޮޖެކްޓުގެ ދަށުން ސޮއިކޮށްފި
ރާއްޖޭގައި މޫސުމީ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ގާއިމުކޮށްފައިވާ ނިޒާމުތައް އިތުރަށް ފުޅާކޮށް، ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
"ޓްރެކްޓް" (ޓީއާރުއޭސީޓީ) ޕްރޮޖެކްޓުގެ ދަށުން އެކުލަވާލި މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވުމާއި، ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ތަންފީޒުކުރުމެވެ.
މީގެއިތުރުން، ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު އެކި ބާވަތުގެ ނުރައްކާތަކަށް ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ރަށްރަށުގައި ގާއިމުކޮށް އިތުރަށް ފުޅާކުރުމަކީ ވެސް މި ފަހުމުނާމާގެ ދަށުން އިސްކަންދޭނެ މުހިންމު ދާއިރާއެކެވެ.
Ads by BMLމި އެއްބަސްވުމާއެކު ރަށްރަށުގެ ފެންވަރުގައި ކާރިސާތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އަދި ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅައި، މައުލޫމާތު ފޯރުކޮށްދިނުން ހަލުވިކޮށް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
Ads by MACL
