ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލ. ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

ލ. ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު --- ފޮޓޯ: އެމްޓީސީސީ
ލ. ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު --- ފޮޓޯ: އެމްޓީސީސީ

ލ. ކުނަހަންދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ކޯޓުގައި ޓާފް އެޅުމަށްޓަކައި ބިންގަނޑު ތައްޔާރުކުރުމުގެ (ޓާފް ބެޑް ތައްޔާރުކުރުމުގެ) މަސައްކަތާއި، ކޯޓުގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތެވެ.

ޤައުމު ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ އެމްޓީސީސީން ބުނީ، ކުނަހަންދޫގައި ޤާއިމުކުރާ މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން އެ ރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ކޯޓެއްގައި ވޮލީ ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ އިތުރު މަޢުލޫމާތާއި އަދާހަމަތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ޕޯޓަލް (mtcc.com.mv) މެދުވެރިކޮށް ބަލައިލެވޭނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.