ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރާނެ ކޮންސަލްޓެންޓަކު ހޯދަނީ
ރަސްމާލެ ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން އެކުލަވައިލައިދޭނެ ކޮންސަލްޓެންސީ ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަނީ ރަސްމީކޮށް ފަށައިފައެވެ.
އެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ކޮންސަލްޓެންޓުންނަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އެ މިނިސްޓްރީން މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.
މި މަސައްކަތުގެ ޓެންޑަރާ ގުޅޭގޮތުން އެއްވެސް ޕްރީ-ބިޑް ބައްދަލުވުމެއް ނުއޮންނާނެކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
Ads by BMLމި ބިޑާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 16 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުވަން ޖެހެއެވެ.
އަންދާސީ ހިސާބު ނުވަތަ ޕްރޮޕޯޒަލްތައް ބަލައިގަތުން އޮންނާނީ 2 ޑިސެމްބަރު ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައި، ދަރުބާރުގޭގައި ހިންގަމުންދާ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައެވެ.
Ads by MACL
