ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ ނައިބު ރައީސާ ބައްދަލުކުރެއްވުން ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ ނައިބު ރައީސާ ބައްދަލުކުރެއްވުން ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ހިޒް އެކްސެލެންސީ ސެބަސްޓިއަން ޕިލޭއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދިވެހިރާއްޖެއާއި ސީޝެލްސްއަކީ ވެސް މޫސުމީ ބަދަލުތަކުގެ ނުރައްކަލާ ކުރިމަތިލަމުންދާ ދެ ޤައުމު ކަމަށްވާއިރު، މި ދެ ޤައުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ދެ ޤައުމެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ދޭ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށް ދެ ޤައުމުން ވެސް ދަނީ ބައިނަލްއަޤްވާމީ މަންސަތަކުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ.