މަސްވެރިކަމާއި ދަނޑުވެރިކަމުގެ ފުރުސަތުތަކާ ގުޅޭގޮތުން މާކުރަތު ކައުންސިލާއެކު ވަޒީރު ޝިޔާމް މަޝްވަރާކުރައްވައިފި
ރ. މާކުރަތު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވަޒީރު އަޙްމަދު ޝިޔާމް މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކުގެ އިތުރުން، އެ ދާއިރާތަކުން ލިބެންހުރި ތަމްރީނުތަކާ ބެހޭ މަޢުލޫމާތު ވަޒީރު ވަނީ ކައުންސިލާ ހިއްސާ ކުރައްވާފައެވެ.
މާކުރަތު ކައުންސިލުގެ މެންބަރުން މާލެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ކައުންސިލްތަކަށް ދެވޭނެ އެހީތެރިކަމާއި، މި ދާއިރާތަކުގެ ސަބަބުން ރަށު މުޖުތަމަޢަށް ލިބިގެންދާނެ މަންފާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
Ads by BML
Ads by MACL
