ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ރާއްޖެއާއި ސީޝެލްސް ގުޅިގެން މަސައްކަތްކުރަން ނިންމައިފި
ބައިނަލްއަޤުވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ހިމާޔަތްކޮށް، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއާއި ސީޝެލްސްއިން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެއެވެ.
މިގޮތަށް އެއްބަސްވެފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަން ޕިއްލޭއާއެކު ބޭއްވެވި މުހިންމު ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދުމާއި، މޫސުމީ ވިލުންތެރިކަން ހަރުދަނާކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުގައި އެކުގައި ވަކާލާތުކުރުމަށް ނިންމަވާފައެވެ.
Ads by BMLމި މަހުގެ 9 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ތެރެއިން ދުނިޔޭގެ ވެރިންގެ މަތީ ފަންތީގެ ބައްދަލުވުންތައް ތާވަލުކޮށްފައިވަނީ މި މަހުގެ 11 އިން 12 އަށެވެ.
Ads by MACL
