ޓީއެމްއޭގެ ސީ ޕްލޭނެއް ދިޔަވެ، އަޑިއަށް ދަނީ!
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީ ޕްލޭނެއް ދިޔަވެ، އަޑިއަށްދާން ފަށައިފިއެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ހާދިސާ ހިނގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސީޕްލޭން ޓާމިނަލުން ނައްޓާލަން އުޅުމުގެ ތެރޭގައި ސީޕްލޭންގެ ދެ ކަނދުގެ ތެރެއިން އެއް ކަނދު ހަލާކުވެގެންނެވެ. އެވަގުތު ސީޕްލޭންގައި ކްރޫންނާއެކު، ފަތުރުވެރިން ވެސް ތިބި ކަން އެނގިފައިވެއެވެ.
އެ ހާދިސާ ހިނގުމާއެކު، އޭގައި ތިބި މީހުން ވަނީ މޫދަށް ފުންމާލައިފައެވެ. އޭގައި ތިބީ ކިތައް މީހުން ކަމެއް އަދި ސާފެއް ނޫނެވެ.
Ads by BMLމި ހާދިސާއާއެކު، އެ ސީ ޕްލޭން މިހާރު ވަނީ ފާލަމާ ކައިރިކޮށްފައެވެ. އަދި އޭގައި ތިބި މީހުން ވެސް ވަނީ ސަލާމަތްކޮށްފައެވެ. އެ ސަރަހައްދުގައި އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުގެ ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ
Ads by MACL
