އަންޓާލިއާ ލީޑަރުންގެ ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ތުރުކީވިލާތުގެ އަންޓާލިއާގައި މިއަދު ފެށި "އަންޓާލިއާ ލީޑަރުންގެ ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި މަހުގެ 10 އިން 14 އަށް ތުރުކީވިލާތުގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާބެހޭ 31 ވަނަ ބައްދަލުވުން (ކޮޕް31) ގެ ހަވާސާގައި ބާއްވާ މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ރަސްމީ ފޮޓޯގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންއާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ދުނިޔޭގެ ލީޑަރުންނާ މުޚާޠަބުކުރައްވައި ތަޤުރީރުކުރައްވާފައެވެ.
"ދެމެހެއްޓެނިވި، ވިލުންތެރި އަދި ހަމަހަމަ މުސްތަޤުބަލަކާ ދިމާއަށް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދުނިޔޭގެ ފެންވަރުގައި ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
Ads by BMLމި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ސާފު ހަކަތައަށް ބަދަލުވުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ސިޓީތަކާއި އާބާދީތައް ތިމާވެށީގެ ބަދަލުތަކަށް ހޭނުވުމާ ގުޅޭގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
Ads by MACL
