ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް ރައީސް މުޢިއްޒު އެކުލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" މިއަދު ރަސްމީކޮށް އެކުލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، 12 މެންބަރުންގެ މައްޗަށް އެކުލެވޭ މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މަޖިލިސް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި ހިންގުމުގައްޔާއި، ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ގޮތުގައި ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމެވެ. މީގެ އިތުރުން، ޤައުމަށް ދިމާވާ އެކި ބޮޑެތި ކަންކަމާ ގުޅިގެން ރައީސް މަޝްވަރާ ހޯއްދަވަންޖެހޭ ޙާލަތްތަކުގައި މި މަޖިލީހުގެ ލަފާފުޅު ހޯއްދަވާނެއެވެ.
Ads by BMLމަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން:
• ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީން (މއ. އާނުވެލި)
• ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް (މ. ސިލްވަރކްލައުޑް)
• ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން (މއ. އުރަހަ)
• ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު (މ. ލޮނުވެލި)
• ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް (ހ. ރާޅާހާ)
• ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ލަޠީފު (މއ. ކިނބި)
• ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ހ. މީރުބަހުރުގޭއާގެ)
• ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީ (މ. މަޚްމާވިލާ)
• ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް (ހ. ހިކިފިނިފެންމާގެ)
• ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު (މއ. ވިލުވެލި)
• ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނު (އަލިމަސްގެ، ހއ. އުތީމު)
• ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރު (މއ. ކަށިމާ)
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްޞަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން ރައީސް ޑރ. މުޢިއްޒު އެންމެ ފުރަތަމަ އިޢުލާން ކުރެއްވީ، މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
Ads by MACL
