ކޮޕް31 ގައި ރައީސް ޑރ. މުޢިއްޒު، އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
މޫސުމީ ބަދަލުތަކާ ބެހޭ އދ. ގެ އޮނިގަނޑު މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ތުރުކީގައި ކުރިއަށްދާ މި ސަމިޓުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމަކީ، ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި މުހިންމު ބައްދަލުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގެންނެވީ ކޮޕް31 ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށެވެ.
Ads by MACL
