ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓީއެމްއޭ ސީޕްލޭން ދިޔަވި ހާދިސާގައި އަނިޔާވި ކްރޫގެ ހާލު ނާޒުކުވެ ވެންޓިލޭޓަރަށް ލައިފި

ޓީއެމްއޭ ސީޕްލޭން ދިޔަވި ހާދިސާގައި އަނިޔާވި ކްރޫގެ ހާލު ނާޒުކުވެ ވެންޓިލޭޓަރަށް ލައިފި

ޓްރާންސްޕޯޓް މާލެ އޭރިއާގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާގައި އަނިޔާވި ޒުވާން ކްރޫގެ ހާލު ވަރަށް ބޮޑަށް ދެރަވެ، އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

މިއަދު ހިނގި މި ހާދިސާގައި ބޯޓު އަރިއަޅާލައި ދިޔަވަމުން ދިޔަ ވަގުތު އޭގެ އެތެރޭގައި އެ ޒުވާނާ ތާށިވި ކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ސަރުކާރުގެ އިދާރާއަކުން ނުވަތަ އެއާލައިނުން އަދި ރަސްމީކޮށް މައުލޫމާތެއް ހާމަކޮށްފައި ނުވި ނަމަވެސް، ވޯޓާ އެއިރޯޑްރޯމްގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.