ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ޑރ. މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރުން ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސް ޑރ. މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރުން ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މޫސުމީ ބަދަލުތަކާ ބެހޭ އދ. ގެ އޮނިގަނޑު މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤު ރަޙްމާންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ޑރ. ޒުބައިދާ ރަޙްމާނާ މިއަދު ތުރުކީގައި ބައްދަލުކުރައްވައިފިއެވެ.

ތުރުކީގައި ކުރިއަށްދާ މި ސަމިޓުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރަޙައްދީ ފެންވަރުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި މުހިންމު ބައްދަލުވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީއަށް ވަޑައިގެންނެވީ ކޮޕް31 ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށެވެ.