ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ޑރ. މުޢިއްޒު، ބާބަޑޯސްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޢިއްޒު، ބާބަޑޯސްގެ ބޮޑުވަޒީރާ ބައްދަލުކުރުން ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސް ޑރ. މުޢިއްޒު، ބާބަޑޯސްގެ ބޮޑުވަޒީރާ ބައްދަލުކުރުން ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މޫސުމީ ބަދަލުތަކާ ބެހޭ އދ. ގެ އޮނިގަނޑު މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބާބަޑޯސްގެ ބޮޑުވަޒީރު މިއާ އަމޯ މޮޓްލީއާ މިއަދު ތުރުކީގައި ބައްދަލުކުރައްވައިފިއެވެ.

ތުރުކީގައި ކުރިއަށްދާ މި ސަމިޓުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މާލީ އެހީތެރިކަން ހޯދުމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި މުހިންމު ބައްދަލުވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގެންނެވީ ކޮޕް31 ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށެވެ.