ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ޑރ. މުޢިއްޒު، ވޯލްޑް ބޭންކްގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޢިއްޒު، ވޯލްޑް ބޭންކްގެ ރައީސާ ބައްދަލުކުރެއްވުން ----  ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސް ޑރ. މުޢިއްޒު، ވޯލްޑް ބޭންކްގެ ރައީސާ ބައްދަލުކުރެއްވުން ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މޫސުމީ ބަދަލުތަކާ ބެހޭ އދ. ގެ އޮނިގަނޑު މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާއާ މިއަދު ތުރުކީގައި ބައްދަލުކުރައްވައިފިއެވެ.

ތުރުކީގައި ކުރިއަށްދާ މި ސަމިޓުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމަކީ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ވޯލްޑް ބޭންކާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި މުހިންމު ބައްދަލުވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގެންނެވީ ކޮޕް31 ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށެވެ.