ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

‏ކެއްކުމުގެ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި‏

‏ކެއްކުމުގެ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި‏

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ‏‏ކެއްކުމުގެ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 19 ވާ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ‏‏ހުޅުވާލައިފިއެވެ.‏
‏

މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރު ކަމަށްވާއިރު، މުބާރާތް އޮންނާނީ އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ‏‏ހުޅުމާލޭގައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ‏‏ފުރުސަތު ފަހިކޮށްދިނުމާއި، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ދާއިރާއިން ހިއްސާކުރާ ‏‏މިންވަރު ފާހަގަކޮށް، އައު އުފެއްދުންތަކަށް ހިތްވަރު ދިނުމެވެ.‏
‏

މި އަހަރުގެ މުބާރާތުގައި ތައްޔާރުކުރަން ޖެހެނީ ބޯވަދިލަމަސް ބޭނުންކޮށްގެން ތައްޔާރުކުރާ އެއް ސްޓާޓަރ އަދި ކުރުމަސް ‏‏ބޭނުންކޮށްގެން ތައްޔާރުކުރާ އެއް މެއިން ކޯހެވެ.‏
‏

މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް 7،000 ރުފިޔާގެ ‏‏ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ‏‏(‏https://forms.gle/mhq59qjJrvNKdTkGA) ‎‏މެދުވެރިކޮށް ހުށަހެޅޭއިރު، އިތުރު މަޢުލޫމާތާއި ޤަވާޢިދު ވުޒާރާގެ ‏‏ލިންކު (‏https://fishagriocean.gov.mv/dv/media/announcements/341) ‎‏އިން ލިބެން ހުންނާނެއެވެ.‏