ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާއިލީ ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖޭގެ ތަޖުރިބާ ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކޮށްފި

އާއިލީ ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖޭގެ ތަޖުރިބާ ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުން ----
އާއިލީ ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖޭގެ ތަޖުރިބާ ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުން ----

އާއިލީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކުގެ މަޢުލޫމާތު، މިޞްރުގެ ޤާހިރާގައި ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ދިވެހިރާއްޖެއިން ހިއްސާކޮށްފިއެވެ.

މި ނޮވެމްބަރު މަހުގެ 10 އިން 11 އަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ޢަޒްރާ އަޙްމަދެވެ.

"އެމްޕަވަރިންގ ވިމެން ފޯ އަ މޯރ ސްޓޭބަލް ފެމިލީ" ޝިޢާރުގެ ދަށުން ބޭއްވި މި ކޮންފަރެންސްގެ ހަތަރުވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާފައިވަނީވެސް ސްޓޭޓް މިނިސްޓަރ ޢަޒްރާއެވެ. މި ސެޝަން ޚާއްޞަކޮށްފައިވަނީ އިޖުތިމާޢީ އަދި ޤާނޫނީ ރައްކާތެރިކަން ފޯރުކޮށްދީގެން އާއިލީ ގުޅުންތައް ބަދަހިކުރުމުގެ މައްޗަށެވެ.

އެ ސެޝަންގައި ވާހަކަދައްކަވަމުން، އިޖުތިމާޢީ އަދި ޤާނޫނީ ދާއިރާއިން ރާއްޖޭގެ މިހާރުގެ ހާލަތާއި، އާއިލީ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ސްޓޭޓް މިނިސްޓަރ ވަނީ ބައިވެރިންނަށް ހިއްސާކުރައްވާފައެވެ.

މި ބައިނަލްއަޤްވާމީ ބައްދަލުވުމަކީ މިޞްރުގެ ނެޝަނަލް ކައުންސިލް ފޯ ވިމެން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަދި އަރަބް ފެމިލީ އޯގަނައިޒޭޝަން ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެކެވެ.