މާމިގިލީ ކައިރިއަށް ފީނަން ފޭބި ކުއްޖަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ މަރުވެފައި އޮއްވައި
އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މާމިގިލީ ކައިރިއަށް ފީނަން ދިޔަ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ ކަމަށް މިރޭ 19:00 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ގެއްލުނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ފީނަން ފޭބި ސަރަހައްދާ ކައިރި ހިސާބަކުންނެވެ. ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ.
Ads by BMLއެ ކުއްޖާ ފެނުނީ ސިފައިންނާއި ފުލުހުންނާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުންނެވެ. އެ ކުއްޖާ މިހާރު އޮތީ މާގިލީ ސިއްހީ މަރުކަޒުގައެވެ.
Ads by MACL
