ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މައުސޫމް ލޫތު އަކީ ކިޔެވުމަށް މޮޅު، އަޚްލާގު ރަނގަޅު ދަރިވަރެއް، މިއީ ސާނަވީ ފަހު އަހަރު!

ފޮޓޯގެ މެދުގައި ނިޔާވި ލޫތު އަހުމަދު: ފޮޓޯ/ މިމީހާ
ފޮޓޯގެ މެދުގައި ނިޔާވި ލޫތު އަހުމަދު: ފޮޓޯ/ މިމީހާ

މުޅި މާމިގިއްޔަށް ހިމޭކަން ގެނުވީ ލޫތް އަހުމަދުގެ މަރުގެ ހަބަރާއިއެކު އެވެ.

ދުވަސްވަރުގެ ގޮތުން މުޅި ރާއްޖެވެސް ވަނީ ހަމަހިމޭން ވެފައެވެ. ފާއިތުވެ ދިޔަ 24 ގަޑި އިރަކީ ސިހުން ގެނުވި އެތައް މަރެއް ހިނގައި ދިޔަ 24 ގަޑި އިރެވެ.

ގެއްލިގެން ހޯދަމުންދިޔަ ގދ ގައްދޫ ތުއްތުބެ ނިޔާވެފައި އޮއްވައި ފެނުމާއި، އއ މާޅޮސް އާދަމްބެ މަރާލުމާއި، ލަވަކިޔުންތެރިޔާ އަޝްފާގެ ދަރިފުޅު އެކްސިޑެންޓުގައި ނިޔާވުމާއި އަދި މިރޭ މާމިގިލީ ލޫތް އަހިމަދުގެ ނިޔާވި ހަބަރަކީ ފާއިތުވެ ދިޔަ 24 ގަޑިއިރު ރާއްޖޭގައި ހިނގައިދިޔަ ހިތާމަވެރި މަރުތަކެވެ.

ކޮންމެ މަރަކީ ވެސް އެތައް އިބުރަތެއް އަހަރުމެންނަށް ގެނުވައިދޭ ހާދިސާތަކެވެ. އެތައް ފިލާވަޅުތަކެއް ލިއްބައިދެއެވެ.

މާމިގިލިން ނިޔާވި ލޫތުއަކީ މޫދަށް ފަރިތަ، މޮޅަށް ފަތަން އެނގޭ ކުއްޖެކެވެ. ކިޔެވުމަށް މޮޅު އަޚްލާގު ރަނގަޅު ނަމޫނާ ދަރިވަރެކެވެ. މިއީ ސާނަވީ ތައުލީމް ހާސިލް ކުރުމަށް ލޫތު ގުނަމުންދާ ފަހު އަހަރެވެ.

މާތްالله ލޫތުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލައްވަވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން