ރ. އުނގޫފާރު ސްކޫލުގެ 8 ކްލާސްރޫމް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބީމްތަކުގެ މަސައްކަތް ފަށައިފި
ރ. އުނގޫފާރު ސްކޫލުގައި އަލަށް އިމާރާތްކުރާ 8 ކްލާސްރޫމްގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބީމްތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން އެންމެ ފަހުން އާންމުކުރި މަޝްރޫޢުގެ އަދާހަމަ ތަފްސީލުތަކުގައިވާ ގޮތުން، މިހާރު އެ ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބީމްތަކުގެ ދަގަނޑު ބަނުމުގެ މަސައްކަތާއި، ކޮންކްރީޓް އެޅުމަށްޓަކައި ބީމްތަކުގެ ފިލާ ޖެހުމުގެ (ޝަޓަރިންގ) މަސައްކަތެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކު]
https://twitter.com/MTCCPlc/status/2120842004846567462?a=qd99xXhQ0OoTY9_2Pg4&s=19
Ads by BMLއުނގޫފާރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިތުރު ތަފްސީލުތަކާއި މަސައްކަތް ކުރިއަށްދާ މިންވަރު، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޕޯޓަލް (mtcc.com.mv) މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ
Ads by MACL
