އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކުރަން ފަށަނީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީ ސަރުކާރުން އެޅި ފްލެޓްތައް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ "އަހާ" ފޯރަމްގައި މިނިސްޓަރު ވަނީ އެކަމުގެ އެންމެ ފަހުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން ފްލެޓްގެ އެގްރީމަންޓް މިހާރު ވަނީ ބަންޑާރަނައިބުގެ ލަފަޔަކަށް އެދި ފޮނުވާފައެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓްތަކުގައި ސޮއިކުރަން އެއްފަހަރާ ގިނަ ބަޔަކު ދާނެތީ ގިނަ ބަޔަކަށް ތިބެވޭނެ ތަނެއް ހެދުމުގެ މަސައްކަތް އެފްޑީސީން ކުރަމުން އަންނަ ކަމަށެވެ. އަދި ނިމިފައިވާ ފްލެޓްތައް ދޭނެ މީހުންގެ ލިސްޓް މިހާރު ވަނީ ނިމިފައި ކަމަށް ވިދާޅުވިއެވެ.
Ads by BMLއެހެންކަމުން އަންނަ ހަފްތާގެ ތެރޭގައި އެގްރީމެންޓްގައި ސޮއިކޮށް، ފްލެޓްތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ސްކީމްގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން ނުނިމި ހުރި ފްލެޓްތައް ނިންމައި މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމޭއިރު، އެންމެންނަށް ފްލެޓް ހަވާލުކޮށް ނިމޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.
Ads by MACL
