މާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ
އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ޚަބަރެއް ވެފައި ނުވާތީ މާލެއިން ގެއްލިގެން ރިޕޯޓުކޮށްފައިވާ 32 އަހަރުގެ ޒުވާނަކު ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު އެދިއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ހއ. ދިއްދޫ، ޢާލިޔާ، އާދަމް އިކްރާމްއެވެ.
އޭނާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
Ads by BMLއާދަމް އިކްރާމް ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
Ads by MACL
