ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ސަން ސިޔާމާއި ޒާރާގެ ކައިވެނި ރޫޅިއްޖެ

އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ސަން ސިޔާމާއި ޒާރާގެ ކައިވެނި ރޫޅިއްޖެ
އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ސަން ސިޔާމާއި ޒާރާގެ ކައިވެނި ރޫޅިއްޖެ

އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދާއި ބ. ކަމަދޫ އާމިނަތު ޒާރާގެ ކައިވެނި ރޫޅިއްޖެއެވެ.

2024 ވަނަ އަހަރު ބ. ކަމަދޫން ނެށުންތެރިއެއްގެ ގޮތުގައި ވިދާލި ޒާރާ، ސިޔާމާ ކައިވެނިކުރުން ވެގެންދިޔައީ މުޅި ގައުމުގެ ސަމާލުކަން ހުއްޓުނު ކަމަކަށެވެ. ފުރަތަމަ އެ ވާހަކަ އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. އެކަމަކު މިހާތަނަށް ބޭއްވި އެންމެ ބޮޑު ކައިވެނި ޕާޓީ އަކީ ޒާރާ އާއި ސިޔާމްގެ ޕާޓީއެވެ.

މިކަން ފޭސްބުކު މެދުވެރިކޮށް ހާމަކުރައްވައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ސިޔާމް އާއި ޒާރާގެ ކައިވެނި ކުރީ، އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެގެން ކަމަށެވެ. އަދި ކައިވެނި ރޫޅާލީ ވެސް، ރިވެތިގޮތުގައި މަޝްވަރާކުރުމަށް ފަހުގައި، ސުލްހަވެރިކަމާއެކު، ސުލްހަވެރި މާހައުލެއްގައި ކަމަށް ވިދާޅުވިއެވެ.

"ސިޔާމްއަކީ އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއް ނޫނެވެ. އަދި ކޮންމެ ބޭފުޅަކާ މެދު ވެސް ކަންކުރައްވާނީ، ލޯބިން އަދި އޯގާތެރިކަމާއެކުގަ އެވެ،" އައްބާސް ވިދާޅުވިއެވެ.