ވަށަފަރުގެ ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ ޒަމާނީ އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި
ހއ. ވަށަފަރުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ޒަމާނީ ފެންވަރަށް ތަރައްގީކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.
މި ކޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފުގެ އިތުރުން ވަށަފަރު ކައުންސިލްގެ އިސްވެރިންނާއި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ތަރައްގީކުރި މި ކޯޓަކީ ރަށުގެ ވޮލީ ކުޅުންތެރިންނަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
މުޅި ރާއްޖޭގައި ވޮލީބޯޅައިގެ ފޯރި އިތުރުކޮށް، ޒުވާން ޖީލެއް މި ކުޅިވަރަށް ޝައުގުވެރިކުރުވުމާއެކު ހުނަރުވެރި ކުޅުންތެރިން ބިނާކުރުމަށްޓަކައި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ފެންވަރު ރަނގަޅު ވޮލީ ކޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަލުވިމިނެއްގައި ކުރަމުންނެވެ.
Ads by MACL
