ރިވެތި އަހުލާގު އާލާކުރުމަށް ފަށާ ”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“ މާދަމާރޭ އިފްތިތާހުކުރަނީ
ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާއި ރިވެތި އަހުލާގު އާލާކުރުމުގެ މަގުސަދުގައި ސަރުކާރުން ފަށާ “އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު” އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް ވާންޖެހޭ އެންމެ ފަހުގެ އިދާރީ ތައްޔާރީތަކާއި ރިހާސަލްތައް މިއަދު ވަނީ ފުރިހަމަކޮށް ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ. އަދި މި މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ދާއިރާގެ ތަޖުރިބާކާރު ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ.
Ads by BMLމި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ ރިވެތި އަދަބު އަހުލާގާއި، މުޖުތަމައުގެ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ އާދަތައް އަލުން ދިރުވައި އާލާކުރުމެވެ
Ads by MACL
