އެމްއައިސީގެ އޯޕަން ޑޭއިން 25 ޒުވާނަކަށް ވަޒީފާގެ ފުރުސަތު ކަށަވަރުވެއްޖެ
މޯލްޑިވްސް އިންފްލައިޓް ކޭޓަރިން (އެމްއައިސީ) ގްރޫޕުން ކުރިއަށްގެންދިޔަ ރެކްރޫޓްމެންޓް އޯޕަން ޑޭއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 25 ޒުވާނަކަށް ވަޒީފާގެ ފުރުސަތު ލިބިއްޖެއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ކުރިއަށްގެންދިޔަ “ރެކްރޫޓްމެންޓް އޯޕަން ޑޭ ގޯލްޑަން ޓިކެޓް” ހަރަކާތަކީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެ ގްރޫޕުގައި ހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭއްވި ހަރަކާތެކެވެ.
ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ އެންމެ ފަހު މަރުހަލާގައި ސީނިއާ މެނޭޖްމަންޓުގެ އިންޓަވިއުއިން ހޮވުނު 30 ބައިވެރިން ވަނީ ފަނޑިޔާރުންގެ ޕެނަލެއްގެ ކުރިމަތީގައި އެ ކުދިންގެ ހުނަރު ދައްކާލާފައެވެ.
Ads by BMLމި ހަރަކާތާ ގުޅޭގޮތުން އެ ކުންފުނީގެ ކްލަސްޓާ އެޗްއާރު ޑިރެކްޓަރު އަމީގު އިސްމާއީލް ވިދާޅުވީ، ބޮޑު ތަރުހީބެއް ލިބުނު މި އޯޕަން ޑޭއިން ޝޯޓްލިސްޓް ކުރެވުނު 25 ބައިވެރިންނަށް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެހުނުކަން އަންގަމުންދާނެ ކަމަށެވެ.
ފަހު މަރުހަލާއަށް ނުހޮވުނު ބައިވެރިންގެ މައުލޫމާތުވެސް ކުންފުނީގެ ޑޭޓާބޭސްގައި ހިމަނާފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވަޒީފާތައް ހުސްވަމުންދާ ވަރަކަށް އެ ކުދިންނަށް އިސްކަންދީގެން ފުރުސަތު ދެމުންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ހަރަކާތުގައި ބައިވެރިވި ޒުވާނުންނަށް ކުރިއަށް އޮތްތަނުގައި އިންޓާންޝިޕް އަދި އެޕްރެންޓިސްޝިޕްގެ ފުރުސަތުތަކާއެކު ހޮސްޕިޓަލިޓީ ދާއިރާގެ ގިނަ ވަޒީފާތަކެއް ހުޅުވާލުމަށް އެމްއައިސީ ގްރޫޕުން ވަނީ ނިންމާފައެވެ.
Ads by MACL
