ކުރިއަށް އޮތީ މޫސުން ގޯސް ހަތަރު ދުވަސް، ސަމާލުވާންޖެހޭ!
މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ވައި ބާރުވެ، ކަނޑުތައް ގަދަވެ އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް ހަތަރު ދުވަހު ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
Ads by BMLހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައއި އިތުރަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރުމާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ކަނޑުދަތުރު ކުރުމުގެ ކުރިން ގޯސްޓް ގާޑާއި މޫސުމާ ބެހޭ ގައުމީ އިދާރާގެ ލަފާ ހޯދުމަށްފަހު ނޫނީ ކުރިއަށް އޮތް ހަތަރު ދުވަހު އެއްވެސް ދަތުރެއް ނުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
މޫސުމާ ބެހޭ އިތުރު މައުލޫމާތު 332308 ނަންބަރަށް ގުޅުމުން ލިބޭނެއެވެ.
Ads by MACL
