ރައީސް މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި
އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެ ޤައުމުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޝާހީ ގަނޑުވަރު ކަމަށްވާ ވިންޑްސޯ ކާސަލްގައެވެ.
ރައީސްގެ މި ދަތުރުފުޅަކީ މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ހިމެނޭ ދަތުރުފުޅަކަށްވާއިރު، އިއްޔެ ވެސް އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި، ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގެ ރައީސް، ސަރ ލިންޑްޒޭ ހޮއިލް އާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުން ހިމެނެއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މި ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
Ads by MACL
