ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ
ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ.
ވިނަރެސްގެ 8 ވަނަ ޓަވަރުން ވެއްޓުނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ 18 އަހަރުގެ އެޒުވާނާ ވެއްޓިގެން އެހޮސްޕިޓަލަށް ގެންދިޔައީ މިއަދު 16:30ހާއިރުކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.
Ads by BMLހޮސްޕިޓަލަށް ގެންދިޔަ ހިސާބުން ފެށިގެން ފަރުވާގެ ކަންކަން ފެށިނަމަވެސް އޭރުވެސް އޭނާގެ ހަރަކާތެއް ނެތްކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ވެއްޓިފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެެއްކަމަށާއި، އޭނާ ވެއްޓުނީ ވިނަރެސްގެ 8 ވަނަ ޓަވަރުން ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
Ads by MACL
