ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލުނު ޑިންގީއެއް ހޯދަމުން ދަނިކޮށް، ބަންޑުން ޖަހާލައިފައިވާ އިތުރު ޑިންގީއެއް ފެނިއްޖެ!

ބަންޑުން ޖަހާލައިފައިވާ ޑިންގީ: ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ބަންޑުން ޖަހާލައިފައިވާ ޑިންގީ: ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލުނު ޑިންގީއެއް ހޯދަމުން ދަނިކޮށް، ބަންޑުން ޖަހާލައިފައިވާ އިތުރު ޑިންގީއެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފް ގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އޮޔާދާކަމަށް ރިޕޯޓްކުރެވުނު ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ވަނީ ފެނިފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އަދި އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބި ކަމަށާއި އެ ދެ މީހުންގެ ހާލު ރަނގަޅު ވެސް ރަނގަޅު ކަމަށެވެ. އެއީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.