ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަސްޓަމްސްގެ 135 ވަނަ އަހަރީ ދުވަހުގެ ތަހްނިޔާ ރައީސް ފޮނުއްވައިފި

ކޮކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވި ދިޔާނާ އަށް ރައީސް މުއިއްޒު، މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ކޮކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވި ދިޔާނާ އަށް ރައީސް މުއިއްޒު، މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކަސްޓަމްސްގެ 135 ވަނަ އަހަރީ ދުވަހުގެ ތަހްނިޔާ ރައީސް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ މުއައްސަސާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ފާހަގަކުރަމުންދަނީ އެ އިދާރާގެ 135 ވަނަ އަހަރީ ދުވަހެވެ. މި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މުއައްސަސާގެ ހުރިހާ މުވައްޒަފުންނަށާއި ވެރިންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

https://twitter.com/MMuizzu/status/1946059960623768061?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1946059960623768061%7Ctwgr%5E6cb19fafe5951e81838d62962989a8b7ba9b3b1b%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F161393

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ކަސްޓަމްސްގެ 135 އަހަރުގެ އުފަލުގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޤައުމީ ޚިދުމަތުގެ މި ދިގު ދަތުރުގައި ކަސްޓަމްސްއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އަބަދުވެސް އެދިވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަސްޓަމްސްގެ ޚިދުމަތަކީ ދިވެހިރާއްޖޭގައި ވަރަށް ދިގު ތާރީޚެއް އޮތް ޚިދުމަތެކެވެ. އެގޮތުން، މި ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ 18 ޖުލައި 1890 ގައި، "ބަންޑާރަ ފިހާރަ" ގެ ނަމުގައެވެ. މި ސަބަބަށްޓަކައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 18 ވަނަ ދުވަސް ފާހަގަކުރަނީ ކަސްޓަމްސްގެ އަހަރީ ދުވަހުގެ ގޮތުގައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ މިހާރު ދިވެހި ސިވިލް ސަރވިސްގެ ބައެއް ނޫނެވެ. އެއީ 11 މެއި 2011 ގައި ތަސްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން، ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހިފައިވާ ތަނެކެވެ.