މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރެއަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި
ރާއްޖޭގެ މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ނެރެފައިވާ ރީނދޫ ސަމާލުގެ މުއްދަތު، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އިތުރުކޮށްފިއެވެ. ވައިގަދަވެ ކަނޑުތައް ގަޅުވާނެކަމަށް ލަފާކުރާތީ މި ސަމާލު ނެރެފައިވެއެވެ.
މެޓް އޮފީހުން ފުރަތަމަ ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:30 އިން ހަވީރު 15:30 އަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު ހަވީރު 17:30 އާ ހަމައަށް އިތުރުކޮށްފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މި ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރު ގަޑިއަކު 50 މޭލަށް ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ބެލެވެއެވެ.
https://twitter.com/MetMaldives/status/1946123451644957013?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1946123451644957013%7Ctwgr%5Eb4b8d11075cc637adebcbac8e5b57b89c8c808a8%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F161408މީގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. މިގޮތުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެއެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
Ads by BMLމި ދުވަސްވަރަކީ ހަފްތާ ބަންދާ ދިމާވާ ދުވަސްވަރެއް ކަމުން، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް، ދަތުރުފަތުރުކުރާ ފަރާތްތަކުން، ދަތުރުކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށުގެ އެއްގަމަށް ލޮނުގަދަވެ، އުދައިގެ އަސަރު ފޯރާފާނެތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
Ads by MACL
