ރެކޯޑަކަށް ފަހު ރެކޯޑެއް، 2 މަސް ދުވަސް ނުވަނީސް 210 ވަރި!
ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ފެމިލީ ކޯޓުން 210 ކައިވެނި ރޫޅާލައި، ވަރިކޮށްދީފައިވާކަން އެ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިއީ މެއި އަދި ޖޫން މަހުގެ ތެރޭގައި ރަޖިސްޓްރީކޮށްދިން ވަރިތަކުގެ އަދަދެވެ. މި މުއްދަތުގެ ތެރޭގައި ވަރިވުމަށް އެދި ޖުމްލަ 271 މައްސަލަ ހުށަހަޅާފައިވެއެވެ.
ވަރީގެ މައްސަލަތައް އިތުރުވަމުންދާއިރު، މިދިޔަ މެއި އަދި ޖޫން މަހު ޖުމްލަ 460 ކައިވެނި ފެމިލީ ކޯޓުން ކޮށްދީފައިވެއެވެ. މީގެ ތެރޭގައި މެއި މަހު ކޮށްދިން 280 ކައިވެންޏާއި، ޖޫން މަހު ކޮށްދިން 180 ކައިވެނި ހިމެނެއެވެ.
https://twitter.com/FamilyCourtMv/status/1945838295231140320?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1945838295231140320%7Ctwgr%5Ea01cfe976d74876d0f02480e7c423177b1f0b270%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F208757%3Futm_source%3Ddlvr.itutm_medium%3Dfacebookfbclid%3DIwQ0xDSwLnC9NleHRuA2FlbQIxMQABHkvv_vckn3aDWDVt1nvo87JPfZyOg1tXP7sN1Xnp9fe8uwxp9OpWdOBSigqc_aem_ny9FtfL1VkrA1detBprmfgފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވަރީގެ މައްސަލަތައްކަން ފާހަގަކުރެވެއެވެ. އެގޮތުން، މެއި މަހު ވަރިވުމަށް 151 މައްސަލަ ހުށަހެޅިއިރު، ޖޫން މަހު ވަނީ 120 މައްސަލަ ހުށަހަޅާފައެވެ. މި ދެ މަހު ކޯޓުން ވަރިކޮށްދީފައިވަނީ ޖުމްލަ 210 މީހުންނެވެ. އޭގެތެރޭގައި މެއި މަހު 147 ވަރި އަދި ޖޫން މަހު 63 ވަރި ހިމެނެއެވެ.
Ads by BMLވަރީގެ މައްސަލަތަކުގެ އިތުރުން، އާއިލީ އެހެނިހެން މައްސަލަތައް ވެސް ފެމިލީ ކޯޓުން ދަނީ ބަލައި ނިންމަމުންނެވެ. މިދިޔަ ދެ މަހުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި 15 މައްސަލަ، ގެވެށި އަނިޔާގެ 17 މައްސަލަ، އަދި އާއިލީ އެހެނިހެން ކަންކަމާ ގުޅޭ 22 މައްސަލައެއް ވަނީ ނިންމާފައެވެ.
ޚަރަދު ދިނުމާ ގުޅޭ މައްސަލަތަކަކީ ވެސް މި ކޯޓަށް ގިނައިން ހުށަހެޅޭ މައްސަލަތަކެކެވެ. މެއި އަދި ޖޫން މަހު އެކަނި ވެސް، ދަރިންނާއި އަނބިންނަށް ޚަރަދު ނުދިނުމުގެ 18 މައްސަލައެއް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
މިފަދަ މައްސަލަތަކުގައި ޚަރަދު ދިނުމަށް ފަސްޖެހޭ މީހުންގެ ވަނަވަރު އާންމުކުރުމުގެ އުސޫލެއް ފެމިލީ ކޯޓުން މިހާރު ވަނީ ތައާރަފްކޮށްފައެވެ. އެއީ ޚަރަދު ދިނުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
Ads by MACL
