ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔާމީން ގެއްލިގެން ހޯދާތާ 8 ދުވަސް، ރާއްޖެއިން ބޭރަށްނުދޭ، އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ!

ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވީ ހުކުރު ދުވަހުގެ ރޭ --
ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވީ ހުކުރު ދުވަހުގެ ރޭ --

މާލެއިން ގެއްލިގެން ހޯދަމުން އަންނަ އުމުރުން 30 އަހަރުގެ ޙަސަން ޔާމީން ގެއްލުނުތާ 8 ދުވަސް ވެފައިވާއިރު، އޭނާ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެ، އޭނާ ހޯދުމަށް އަނެއްކާވެސް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުން، ޙަސަން ޔާމީން އެންމެ ފަހުން ފެނިފައިވަނީ، 2025 ޖުލައި 11 ވީ ހުކުރު ދުވަހުގެ ރޭ 21:25 ހާއިރު، މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދަނިކޮށެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެ، އާއިލާއިން މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން ތަޙުޤީޤު ފަށާފައެވެ. ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ޔާމީން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައެއް ނުވެއެވެ. އަދި އާއިލާގެ އެހީތެރިކަމާއެކު އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ތުހުމަތުކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ޙަސަން ޔާމީން ގެއްލިފައިވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 3322111 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.