ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު

ޝަހީދު ހުސައިން އާދަމް ބިލްޑިންގ --
ޝަހީދު ހުސައިން އާދަމް ބިލްޑިންގ --

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި، އިތުބާރު ހުރި މަގާމެއްގައި ހުރި ފަރާތަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ މެންދުރު 12:35 ހާއިރު ކަމަށެވެ. މި މައްސަލައަކީ ކުޑަ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭފަދަ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހުށަހެޅުނު މައްސަލައެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޑިޕާޓްމަންޓާއި ގުޅިގެން، ކަމާއިގުޅޭ ރަށުގެ ޕޮލިސް ސްޓޭޝަނުން މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.