ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިނިސްޓަރ ސައީދުގެ ބައްޕަ އަވަހާރަވެއްޖެ

މިނިސްޓަރ ސައީދު އަދި ބައްޕަ އަލްމަރްހޫމް ސައީދު އަބްދުﷲ. ފޮޓޯ/ސޯޝަލްމީޑިއާ
މިނިސްޓަރ ސައީދު އަދި ބައްޕަ އަލްމަރްހޫމް ސައީދު އަބްދުﷲ. ފޮޓޯ/ސޯޝަލްމީޑިއާ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އޮނަރަބަލް މުޙައްމަދު ސަޢީދުގެ ބައްޕަ ހއ.ތުރާކުރުނު ސަޢީދު ޢަބްދުﷲ ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.






ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީރު މުޙައްމަދު ސަޢީދުގެ ލޮބުވެތި ބައްޕާފުޅު ވިނަރެސް، ހއ. ތުރާކުނު، ސަޢީދު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ.

މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއް ކަމަށާއި އެއީ ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ރައީސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލެހެއްޓުމަށް ދުޢާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ސަޢީދުގެ ބައްޕާފުޅު އަވަހާރަވަމުން ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން އަދި ސިޔާސީ އިސް ފަރާތްތަކުންވެސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.