ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 އިން 26 އަށެވެ. މިއީ މި ދައުރުގައި ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މި ޒިޔާރަތުގައި ރައީސް ޑރ. މުޢިއްޒު އަދި ބޮޑުވަޒީރު މޯދީ މުހިންމު ދެފަރާތުގެ އަދި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެއެވެ.

އޭގެ ފަހުން ގިނަ އަދަދެއްގެ އެކުވެރި މަޝްރޫޢުތަކެއް އިފްތިތާޙު ކުރެއްވުމާއި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުގައި އެއްބާރުލުން އިތުރު ކުރުމަށް އަމާޒުކޮށްގެން ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުން ހިމެނެއެވެ.

މި ޒިޔާރަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާވާތީ، ވަރަށް މުހިންމު ޒިޔާރަތެކެވެ.