ރާއްޖޭގައި ހުޅުވާ އެންމެ ކޮލިޓީ މޮޅު އައިނު ފިހާރަ އައިޖީއެމްއެޗުން މި މަހު 27 ގައި ހުޅުވަނީ
ރާއްޖޭގައި މިހާތަނަށް ހުޅުވާ އެންމެ ކޮލިޓީ މޮޅު އައިނު ފިހާރަ މި މަހުގެ 27 ވަނަ ދުވަހު ހުޅުވަން އައިޖީއެމްއެޗުން ތައްޔާރުވެއްޖެއެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އައިނު ފިހާރަ ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗުން އައިނު ފިހާރައެއް ހުޅުވަން ނިންމީ ރައީސް ޑރ. މުހައްމަދުގެ އިރުޝާދުގެ ދަށުންނެވެ. އެމަނިކުފާނު އެ ނިންމުން ނިންމެވީ ކޮލިޓީ މޮޅު އައިނު ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
Ads by BMLރައީސް މުއިއްޒުގެ އެންގެވުމަށް އާސަންދަ އިން ވަނީ އައިނު ހެއްދުމަށް ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ ފައިސާގެ އެހީ 2000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
އާސަންދައިން ދޭ އެހީ ބޮޑުކުރުމުން އައިނު ވިއްކާ އަމިއްލަ ކުންފުނިތަކުން އައިނުގެ އަގު ކުރިއަށްވުރެ ބޮޑުކޮށް، އާސަންދައިން ލިބޭ 2000 ރުފިޔާ އާއި ކަސްޓަމަރުންގެ އަތުން ލިބޭ ފައިސާއާ އެކު ބޮޑު ފައިދާއެއް އައިނަކުން ނަގަމުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.
"އަޅުގަނޑުމެން ދޭ ޔަގީންކަމަކީ އައިޖީއެމްއެޗުން ވިއްކާ އައިނު ކޮލިޓީވާނެކަން. އަގުހެޔޮވާނެކަން. އަޅުގަނޑުމެން އައިނު ވިއްކަން މި ފެށީ ވިޔަފާރިކޮށްގެން ފައިދާ ހޯދާކަށް ނޫން. ރައްޔިތު މީހާއަށް އަތްފޯރާ ފަށެއްގައި އައިނު ލިބޭނެ ގޮތް ހަމަޖައްސަން ވެގެން،" އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވިއެވެ.
Ads by MACL
