ނ. ހެނބަދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި.
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހެނބަދޫ މިސްކިތުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހެނބަދޫގައި މިކަމަށްޓަކއި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަދި އިސްލާމީ ކަންކަމާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރަށުގެ މުއަައްސަސާތަކުގެ ވެރިން ބައިވެރިވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން މިސްކިތުގެ ބިންގާ އަޅުއްވާދެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
Ads by BMLރަށްރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ފެނަކަ އަދި އެމްޓީސީސީއާ ގުޅިގެން ކުރިއަށްގެންދާއިރު، މި މަސައްކަތަކީވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ހަވާލުކޮށްގެން ކުރެވޭ މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިމަހުގެ 21 އިން 25އަށް ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އެ އަތޮޅު 13 ރަށަކަށް ވަޑައިގަންނަވާނެއެވެ.
Ads by MACL
