ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ހެނބަދޫ ފިޓްނަސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ ރައީސް އޮފީސް
ހެނބަދޫ ފިޓްނަސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ ރައީސް އޮފީސް

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ އިމާރަތްކުރުރުމުގެ  މަސައްކަތް ފެށުމުގެ ގޮތުން ސެންޓަރުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ހެނބަދޫ ފިޓްނަސް ސެންޓަރ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހެނބަދޫގައި މިކަމަށްޓަކއި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރަށުގެ މުއަައްސަސާތަކުގެ ވެރިން ބައިވެރިވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން ފިޓްނަސް ސެންޓަރގެ ބިންގާ އަޅުއްވާދެއްވީ މިނިސްޓަރ އަބްދުﷲ ރާފިއު އެެވެ.

ފިޓްނަސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ ރައީސް އޮފީސް

ހެނބަދޫގައި ގާއިމުކުރާ މި ފިޓްނެސް ސެންޓަރުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ފިޓްނެސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުރިޔަށް ގެންދަވާ ރައީސްގެ ވައުދުފުޅުތައް ނިންމެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިމަހުގެ 21 އިން 25އަށް ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އެ އަތޮޅު  13 ރަށަކަށް ވަޑައިގަންނަވާނެއެވެ.