ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކެނދިކުޅުދޫއިން ރައީސްއަށް ހޫނު މަރުޙަބާއެއް!

ރައީސް ކެނދިކުޅުދޫއަށް ވަޑައިގަތުން. ފޮޓޯ ރައީސް އޮފީސް
ރައީސް ކެނދިކުޅުދޫއަށް ވަޑައިގަތުން. ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެނދިކުޅުދޫއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށް ގިނަބަޔަކުވަނީ ބަނދަރު ސަރަހައްދުން އެއްވެފައެވެ.

ކެނދިކުޅުދޫއަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ތިންވަނަ ރަށެވެ.

މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކެނދިކުޅުދޫ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

ކެނދިކުޅުދޫ ރައްޔިތުން ރައީސްއަށް މަރުހަބާ ދެންނެވުން/ ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫގައި ތަރައްޤީކުރާ ވިޒިޓަރސް ސެންޓަރުގެ ބިންގާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެރަށުގައި އެމްޓީސީސީގެ ދަށުން ހިންގާ އާރްޓީއެލްގެ ސްކޫލް ބަހުގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 21 އިން 25 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.