ޅައިމަގު މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކުރުމަށް ބޭނުންވާ ވެހިކަލްތައް އަރުވައިފި
ޅައިމަގު ރައްޔިތުންގެ ދިގު އިންތިޒާރަށް ނިމުމެއް އައިސް، އެރަށު މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ވެހިކަލްތައް މިހާރު ވަނީ ޅައިމަގަށް ގެންގޮސްފައި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ޅައިމަގުގެ ރައްޔިތުން ސަރުކާރުގައި ވަރަށް ބޮޑަށް އެދެމުންދިޔައީ، މޫދަށް އެރެ، މަޖާކޮށްލެވޭނެ ހިތްފަސޭހަ ސަރަހައްދެއް ތަރައްޤީ ކޮށްދިނުމަށެވެ. ރައްޔިތުން އެދުން ގޮތަށް އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަސައްކަތް ނިމިގެންދާއިރު، ރަށުގެ ރީތިކަން އިތުރުވެ، ރައްޔިތުންނަށް މަޖާކޮށްލާނެ ހިތްގައިމު ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މި މަސައްކަތަށް ބޭނުންވާ ބޮޑެތި ވެހިކަލްތައް މިހާރު ވަނީ ޅައިމަގަށް ގެންގޮސްފައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
Ads by BMLމީގެ އިތުރުން، ކުރިން ފަށާފައިވާ ޅައިމަގު ބަނދަރުގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިމިގެންދިޔުމަކީ، އެރަށު ރައްޔިތުން މިސަރުކާރަށް ކުރާ ނުހަނު ބޮޑު އުންމީދެކެވެ. ބަނދަރުގެ މަސައްކަތް ނިމުމަކީ ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.
މި ދެމަސައްކަތް ނިމިގެންދާއިރު، ޅައިމަގުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ރަށުގެ ތަރައްޤީއަށް ކުރެވޭ އުންމީދު ބޮޑުވާނެއެވެ.
މި ފެނިގެން މިދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ލޮބުވެތި ރައްޔިތުންގެ އުންމީދުތައް އެރައްޔިތުން އެދޭ ގޮތަށް، ޙާސިލްކޮށް ދެއްވާނެކަމުގެ އުފާވެރި މަންޒަރެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ދެއްވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ޅައިމަގުގައި މިފެށުނު މަސައްކަތްތަކަކީ އެ ވައުދުތައް ފުއްދެމުންދާ ކަމުގެ ހެތްކެކެވެ.
Ads by MACL
