ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ފެށުމާއެކު ކެނދިކުޅުދޫ ރައްޔިތުންނަށް ބޮޑު ފަސޭހައެއް

ރައީސް ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފައްޓަވައިދެއްވުން. ފޮޓޯ ރައީސް އޮފީސް
ރައީސް ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފައްޓަވައިދެއްވުން. ފޮޓޯ ރައީސް އޮފީސް

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ފަށައިފިއެވެ.

ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެރަށުގައި ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޚިދުމަތް ފަށްޓަވައި ދެއްވުމަށް ބަހުގެ ޚިދުމަތް އެމަނިކުފާނު ވަނީ ތަޖުރިބާ ކުރައްވާފައެވެ.

ބިމުގެ ގޮތުން ބޮޑު ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް އެ ރަށުގެ ދެ އަވަށުގެ ސްކޫލު ކުދިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.އަދި ހަމަ އެހެންމެ މި ޚިދުމަތާއެކު ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

އާރް.ޓީ.އެލްގެ ބަހުގެ ޚިދުމަތް ކެނދިކުޅުދޫގައި ފަށާފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީގެ ގޮތުން، ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ބަހުގެ ޚިދުމަތް ފޯރުކޮށްދެއެވެ.


އާރް.ޓީ.އެލްގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން ބަހާއި ފެރީ ޚިދުމަތް ދޭއިރު، މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅުވާލުމަކީ ސަރުކާރުގެ އަމާޒަކެވެ.

އެންމެ ފަހުން އާރް.ޓީ.އެލްގެ ފެރީ ޚިދުމަތް ފަށާފައިވަނީ ރ. އަތޮޅުގެ ރަށްރަށަށެވެ. މި ޚިދުމަތަކީ އަތްފޯރާ އަގެއްގައި ރާއްޖޭގެ ރަށްތަށް ހައި ސްޕީޑް ފެރީ ނިޒާމުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.