ބަންގްލަދޭޝްގައި ބޯޓެއް ވެއްޓި މަރުވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މަތިންދާބޯޓެއް ވެއްޓި، ގިނަ ބަޔަކު މަރުވެ އަދި ގިނަ ބަޔަކަށް އަނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި ތައުޒިޔާ ފޮނުއްވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
https://twitter.com/MMuizzu/status/1947290182476324980?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1947290182476324980%7Ctwgr%5Eebf4f5ce5784148aba60a9adfa8ab492d110771a%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F1947290182476324980
އެމަނިކުފާނުގެ ޕޯސްޓުގައި، ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރަށާއި، ސަރުކާރަށާއި، އަދި ރައްޔިތުންނަށް ވަރަށް ފުން ހިތާމައާއެކު ތައުޒިޔާ ދަންނަވާފައިވެއެވެ. ޑާކާގައި ހިނގި މަތިންދާބޯޓުގެ ހިތާމަވެރި ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވިކަމީ ފުން ހިތާމައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ހަމްދަރުދީއާއި ދުޢާވަނީ މި ހާދިސާގައި މަރުވިމީހުންނާއި، އެމީހުންގެ އާއިލާތަކާއި، އަދި މިކަމުގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު،" ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި ހިތްދަތި ވަގުތުގައި، ހާދިސާގައި އަނިޔާވި ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
Ads by MACL
