ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިހާރު ރ އަތޮޅުންވެސް ޕާސްޕޯޓު ހިދުމަތް ލިބޭނެ!

ރައީސުލްޖުމްހޫރިއްޔާ އަދި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު
ރައީސުލްޖުމްހޫރިއްޔާ އަދި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު

ދިވެހި ޕާސްޕޯޓާއި ގުޅޭ އެންމެހާ ހިދުމަތް ރ އަތޮޅުން ލިބޭ ގޮތަށް މިރޭ އިފްތިތާހު ކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ދިވެހި ޕާސްޕޯޓުގެ ހިދުމަތް މުޅިރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަހަރު ހިދުމަތް ފެށި ފުރަތަމަ އަތޮޅެވެ.

ފާއިތުވެވިޔަ ވިހި ސައުވީހަކީ ރާއްޖޭގައި އިމިގްރޭޝަންގެ މަސައްކަތްތައް ވަރަށް ފުޅާވެގެން ދިޔަ އަހަރަކަށެވެ. ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ފޮނުވާލުމާއި ބިދޭސިން ހަމަމަގަށް އެޅުވުމަށް އިތުރު ފުރުސަތުތައް ދިނުން ހިމެނެއެވެ.

ރ އަތޮޅުން ޕާސްޕޯޓުގެ އެންމެހާ ހިދުމަތް އިމުގާ ޕޯޓަލް މެދުވެރިކޮށް މާދަމާއިން ފެށިގެން ލިބޭނެކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން، މިރޭ ރ. އުނގޫފާރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަތޮޅުން ޕާސްޕޯޓުގެ ޚިދުމަތް އިފްތިތާޚުކޮށްދެއްވާފައި. އެގޮތުން، މާދަމާއިން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ.އުނގޫފާރުން ނެގުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި

ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓު ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.