ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދަން އިއުލާންކޮށްފި

މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގެއް މަރާމާތު ކުރަނީ -- ފޮޓޯ: ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގެއް މަރާމާތު ކުރަނީ -- ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ މަގުތައް މަރާމާތު ކުރުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއަކަށް ބޭނުންވާ ގަލާއި އެހެނިހެން ސާމާނު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ.

މި މަސައްކަތުގެ ދަށުން އެންމެ ގިނަ އަދަދަކަށް ހޯދުމަށް ހަމަޖެހިފައިވަނީ ގަލެވެ. އެގޮތުން، އެއް މިލިއަން ޒިގްޒެގް ގަލާއި، އެއް މިލިއަން ޕޭމަންޓު ގާ ހިމެނޭގޮތަށް ޖުމްލަ ދެ މިލިއަން ގާ ހޯދުމަށް ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.

ގަލުގެ އިތުރުން، ދުއިސައްތަ ހާސް ގަޓަރު ކަވަރު (ކާނު މަތިގަނޑު) ވެސް ހޯދުމަށް ބޭނުންވެއެވެ. އަދި މަގު ހެދުމަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ ކާބްސްޓޯންތައް ކަމުގައިވާ 500 ޗެންފާ ކުޑަ ކާބްސްޓޯނާއި، 500 ޗެންފާ ބޮޑު ކާބްސްޓޯން އަދި 500 ރައުންޑް ކުޑަ ކާބްސްޓޯނާއި 1000 ރައުންޑް ބޮޑު ކާބްސްޓޯން ވެސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

މި މަސައްކަތް ހަވާލުވާ ފަރާތުން ފޯރުކޮށްދޭ ތަކެއްޗަކީ އެއްވެސް ގެއްލުމެއް ނެތް، ފެންވަރު ރަނގަޅު ތަކެތި ކަމުގައި ވާންޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ޝަރުތުކޮށްފައެވެ. ފެންވަރު ދަށް ތަކެތި ބަލައިނުގަނެ އަނބުރާ ފޮނުވާލާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ހޮވޭ ފަރާތުން، ކައުންސިލުން ދައްކާ ތަނަކަށް މި ތަކެތި ޑެލިވަރީކޮށްދޭން ޖެހޭނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވެ، ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.