ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޮޑުވަޒީރު މޯދީގެ ތައުރީފް ދިވެހި ސަރުކާރަށް، ރައީސް ޑރ މުއިއްޒު އާއިއެކު ތަރައްގީގެ އިތުރު މަޝްވަރާތައް ކުރާނަން: މޯދީ

މިއީ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރުފުޅު -- ފޮޓޯ: އެންޑީޓީވީ
މިއީ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރުފުޅު -- ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. މި ދަތުރުފުޅަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެ، މޯދީ ވަނީ ދިވެހި ސަރުކާރަށް ތައުރީފު ކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު ހަމަޖެހިފައިވަނީ މި މަހުގެ 25 އިން 26 އަށެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނަކީ ވެސް މޯދީއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބުމަކީ ލިބޭ ޝަރަފެއް ކަމަށާއި، މި އަހަރަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު އަހަރުކަން ވެސް ފާހަގަކުރައްވާ ކަމަށެވެ.

https://twitter.com/narendramodi/status/1947925600464720275?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1947925600464720275%7Ctwgr%5E3ed12496315d78b14907b888409320516ba964d0%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fnarendramodi%2Fstatus%2F1947925600464720275

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާ ގުޅިގެން ހިންގާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވާއިރު، މޯދީ އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.