މިއަދު މެންދުރު ނަމާދަށްފަހު އަބްދުއްރަހުމާނުގެ ޖަނާޒާ ބާއްވަނީ
މި މަހު 13 ވަނަ ދުވަހު ރަހުމު ކުޑަ ގޮތަކަށް މަރާލާފައިއޮތްވާ ފެނުނު އއ މާޅޮހު އޯކިޑުމާގެ އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށްފަހު، ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.
ޢަބްދުއްރަޙްމާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތަޢާވުން އާސަހަރާ މިސްކިތުގައެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަޙްމާން މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި މާޅޮހު އޯކިޑުމާގޭގައި، ނިދާފައި އޮއްވައެވެ. މި މަރުގެ މައްސަލައިގެ ތަހުގީގަށްޓަކައި، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފުލުހުން ވަނީ ކުރިން ނިންމާފައެވެ. ޕޯސްޓްމޯޓަމަށް ފަހު ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
Ads by BMLފުލުހުން ބުނެފައިވަނީ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާ ކަމުގެ މައުލޫމާތު، އެ ރޭ ދަންވަރު 01:50 ހާއިރު ލިބުނު ކަމަށެވެ. އަބްދުއްރަޙްމާނު މަރުވީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
Ads by MACL
